Filed under DHIVEHI STORIES

އޭނާގެ ޖަވާބަކީ އޭނާވެސް

ރަށުގެ ގިނަބަޔަކުވަނީ ތުނޑީކޮޅަށް އެއްވެފައެވެ. ރަށުގެ ބައްތެލި މާލެދާން ފުރަނީއެވެ. އެއްވެފައިވާ މީހުންގެ ތެރޭގައި ފައިއިދޭފުރައިން ފެށިގެން އުމުރުން ދުވަސްވީމީހުންވެސް ހިމެނެއެވެ. މާލެއަށް ފުރަން އައިސް ތިބި މީހުންގެ ތެރޭގައި އަހަރެންނާ އަހަރެންގެ އެކުވެރި ޝަރީފްވެސް ހިމެނެއެވެ. ބައްތެލީގެ ފަޅުވެރިން ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުންދަނީއެވެ. އަހަރެން ރަށުގެ ޒުވާނުންގެ ގްރޫޕެއްގެ ތެރޭގައި ހުންނަތާ އިރުކޮޅެއްވެއްޖެއެވެ. އަދި އެއްލި ކަޅިއަކުން ޝަރީފް ރަށުގެ އެއްގަމާދިމާއަށް ބަލަމުންދާކަން ފާހަގަ ކުރެވުނެވެ. އަހަރެންނަށްވެސް ވަށައިގެން އެއްވެ ތިބި މީހުންގެ ތެރެއަށް … Continue reading

އެއަމާން ހަމަހިމޭން ވަގުތުކޮޅު

އަބަދުވެސް ހެޔޮއެދޭ ޝިފާއެވެ. ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ އުފާވެރިކަމާއި ހެޔޮގޮތްތައް އަބަދުވެސް ޝިފާއަށް މިންވަރުކޮށްދެއްވުން އެދި މާތްﷲ ގެ ކިބަފުޅަށް ދުއާ ދަންނަވަމެވެ. ޝިފާއަހަރެންނާއި ވާހަކަދެއްކުމާއި އަހަރެންގެ ފޯނަށް ޖަވާބުދިނުން ހުއްޓާލިފަހުން އަހަރެން ޝިފާއަށް ކިތައް އެސްއެމްއެސް ފޮނުވިއްޖެހެއްޔެވެ. ޝިފާއެވެ. ބުނަންހެއްޔެވެ. އަހަރެން ވަރަށް އޯޅްޑް ފެޝަންވާނެއެވެ. އަދި އަހަރެން ނަކީ ޝިފާ އާއި އަޅާ ބަލާއިރު މެޗުއަރ މީހެކެވެ. އެކަމަކު އަހަރެން ޝިފާއަށް ވަރަށް ހެޔޮއެދެމެވެ. ޝިފާ އަހަރެންނާއި ގެންގުޅެމުން ދިޔަގާތް އެކުވެރި ގުޅުން … Continue reading